Thursday, November 5
މެއިންޓަނަންސަށް ބަނޑޭރިޕޭ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލައިފި
ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ބޭނުންކުރާ ރަސްމީ ޕޯޓަލް، ބަނޑޭރި ޕޭގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބަނޑޭރި ޕޭ ޕޯޓަލް މިރޭ 8:00 އިން މެންދަމު 3:00 އާ ހަމައަށް މެއިންޓެނަންސްގެ މަސައްކަތަކަށް މެދުކަނޑާލާނެއެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީން ވަނީ މަޢާފަށްވެސް އެދިފައެވެ. ބަނޑޭރި ޕޭ އަކީ ސަރުކާރަށް ފައިސާ ދެއްކުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ޑިޖިޓަލްކޮށް އެ ހިދުމަތް އަވަސްކަމާއެކު ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. މި ޕޯޓަލް ބަލަހައްޓަނީ ފިނޭންސް މިނިސްޓްރީންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު