Thursday, November 5
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26) ގެ އެކްސްލޫސިވް ބޭންކިންގ ޕާޓްނަރގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި މެރަތަން އޮންނާނީ އޮގަސްޓު 14 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. 2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެއެވެ.

މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިންގ ޓްރެކް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11 އިން 13 އަށެވެ.

އެމްއެޗްއެމް 26 އަށް ރަޖިސްޓަރކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ދަ ރީފް ކެމްޕޭންގެ ދަށުން މިއަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާކުރާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު