Thursday, November 5
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހަތަރު ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކޮށް، ރައްޔިތުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، އިތުރު ހަތަރު ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިޢުލާނެއްގައިވާ ގޮތުން، ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކުރައްވައި ނަން ނޯޓުކުރެއްވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، "ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުތަކާއި އިތުރު ތަފްސީލުތައް އެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.

މި ސިލްސިލާ ބައްދަލުވުންތަކަކީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ސީދާ ބައްދަލުކޮށް، ދާއިރާތަކުގެ ތަރައްޤީއާއި ރައްޔިތުންގެ ބޭނުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު