Thursday, November 5
ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ ނިމިއްޖެ

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި އައު ބަނދަރާއި ނެރުފުންކުރުމާއި، ބޭރުތޮށި ޖެހުމާއި، ކީވޯލްޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި، މޫރިންގ ބްލޮކްސް ހަރުކުރުމާއި، ރޭމްޕެއްލުމުގެ އިތުރުން ޕޭވްމެންޓްލުން އަދި ބަނދަރު ލައިޓްސް ހަރުކުރުން ހިމެނެއެވެ.

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 47.09 މިލިއަން ރުފިޔާގެ އަގަކަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު