Thursday, November 5
ޕޮލިސް މެމޯރިއަލް ޑޭ އަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވެފައިވާ ފުލުހުންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ "ޕޮލިސް މެމޯރިއަލް ޑޭ" ގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން، ރޭ 00:00 ގައި އިސްކަންދަރު ބިލްޑިންގުގައި ހުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ. ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހަކީ ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވާ ދުވަހެވެ.

މި ދުވަސް ފާހަގަކުރަނީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކުގައި ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އައުކުމުގެ ގޮތުންނެވެ. އަދި އެ ފުލުހުން ގައުމަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ޒިކުރާ އައުކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ ބޭނުމެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި މެމޯރިއަލް ޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ، މި ދުވަހުގެ މުނާސަބަތުގައި ބައިދަނޑިއަށް ތިރިކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގައި ދެމިތިއްބާ ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު