Thursday, November 5
ހިޔާ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓުތަކުގެ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ ފަސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނީ މި ހާދިސާ ހިނގާފައިވަނީ ހިޔާ H8-19-06 އެޕާންޓްމަންޓްގައި ކަމަށާއި، ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ބޮޑުވެ، މިވަގުތު ދިރިއުޅެން އެކަށީގެންނުވާތީ، އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ ފަސް ދިވެެއްސަކަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަކިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި އެޕާޓްމަންޓްގައި އަލިފާން ރޯވިކަމުގެ ޚަބަރު މިއަދު 13:27 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން އެޕާޓްމަންޓުގައި ރޯވި އަލިފާން ވަނީ އެއްކޮށް ނިއްވާލައިފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށްވާއިރު، ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު