Thursday, November 5
ސްޕޯޓްސް މިނިސްޓްރީގެ ކޯލް ސެންޓަރު ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ވުޒާރާގެ ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ކޯލް ސެންޓަރު ގާއިމުކުރުމުގެ މައިގަނޑު މަޤުޞަދަކީ ވުޒާރާގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމާއި، އެ ފަރާތަކުން ބޭނުންވާ ވަކި ޚާއްޞަ ޑިޕާޓްމަންޓަކާ ސީދާ ގުޅައިގެން މަޢުލޫމާތު ހޯދޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް މި ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯދޭނެއެވެ. މީގެ އިތުރުން، ރަސްމީ ބަންދު ގަޑިތަކުގައިވެސް މި ނަންބަރު މެދުވެރިކޮށް ޚިދުމަތް ހޯދުމުގެ ފުރުޞަތު އާންމުންނަށް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މި ކޯލް ސެންޓަރުގައި ގާއިމުކޮށްފައިވަނީ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެކެވެ. މި ސިސްޓަމްގެ އެހީގައި، މިނިސްޓްރީއަށް ކުރާ ކޮންމެ ކޯލެއް ލޮގްކުރެވި، އާންމުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު