Thursday, November 5
ތިމަރަފުށީގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވައިފި

ތ. ތިމަރަފުށީގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅުއެވެ.

ފުޓްސަލް ދަނޑު ހުޅުވުމަށް ތިމަރަފުށީގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޒުވާނުން ކުރިއަށްދާން ފުރުސަތު ބަންދުވެފައި އޮތް ކޮންމެ ދޮރެއް ހުޅުވައިދީ މަގުތައް ދައްކައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެގޮތުން މި މަސައްކަތްވެސް ކޮންޓްރެކްޓްގައިވާގޮތަށް ނިންމާލާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ދަނީ އަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެރަށަކަށް ކޮށްދެމުން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ކަންކަން ހިނގަމުންދާނީ އެމަގުން ކަމަށެވެ.

ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި ތިމަރަފުށީގެ އެކި އުމުރުފުރާގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު