Thursday, November 5
ރަސްމީ ދަތުރުފުޅެއްގައި ސީޕީ ތައިލެންޑަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު، ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ފުރާވަޑައިގެންފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ސީޕީ ތައިލެންޑަށް ވަޑައިގަންނަވަނީ އެފް.ބީ.އައި އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓަރ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ސަމިޓް ކުރިއަށްދާނީ ޖުލައި 20 އިން 21 ގެ ނިޔަލަށެވެ.

ފުލުހުން ބުނީ ސީޕީގެ ދަތުރުފުޅަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު ގުޅުން ބަދަހިކޮށް، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ސްކޭމް ތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީން ފުރުސަތުތައް ހޯދުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު