Thursday, November 5
ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އޭޑީބީއާއެކު މަޝްވަރާކޮށްފި

ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު ޢަލީ ޝަރީފް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ މަޝްވަރާ ކުރައްވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި އޭޑީބީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށާއި، މި ބައްދަލުވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަން ދެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އޭޑީބީން ދެމުންދާ އެހީތެރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވު ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު