Friday, November 6
ކުޅުދުއްފުށްޓަށް 1,200 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި
ހދ. ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 1,200 ކިލޯވޮޓުގެ އައު ޖެންސެޓެއް ރަށަށް ގެންގޮސް ބާލައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޖެންސެޓަކީ ކުޅުދުއްފުށީގެ ކަރަންޓުގެ ވިއުގަ ވަރުގަދަކޮށް، މެދުނުކެނޑި ޚިދުމަތް ދިނުމަށްޓަކައި ގެނެވުނު އިންޖީނެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، 2024 އާއި 2026 ވަނަ އަހަރާ ދެމެދު އެ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ގެނައުމަށް ނިންމާފައިވާ ޖެންސެޓްތަކުގެ ތެރެއިން މިހާތަނަށް ގެނެވުނު 5 ވަނަ ޖެންސެޓެވެ. މި އައު ޖެންސެޓް އިންސްޓޯލްކޮށް، އިންޖީނުގެއާ ގުޅާލުމުން ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުވެ، ކުރިމަތިވަމުންދާ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު