Friday, November 6
ޕީއެންސީ އިންތިޚާބުގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ތިން މީހުން 15 ދުވަހަށް ބަންދުކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުމުގެ ތެރޭގައި ހުޅުމާލެ ފޭސް 2 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. މީގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އަނެއް ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ހަމަ އެ ރޭގެ ވަގުތެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްކޫލެއްގައި ޕީއެންސީގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ. ބަޔަކު އެތަނަށް ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީ، އެވަގުތު އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު