Friday, November 6
ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެ

މާލޭ ބޮޑުތަކުރުފާނު މަގުގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ.

މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ މިއަދު 15:57 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. މިގޮތުން މި ހާދިސާގައި ނިޔާވެފައިވަނީ ފިރިހެނެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓާ ބެހޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު