Friday, November 6
ތިލަފުށިން 836 ބިދޭސީން ބަލައިފާސްކޮށް ނުގަވާއިދުން އުޅެމުންދިޔަ 32 މީހަކު އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، ކ. ތިލަފުށީގައި އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އުފައްދާފައިވާ ޓާސްކުފޯހުން ތިލަފުށީގައި ހިންގި މި ޚާއްޞަ ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލިޔެކިޔުން ފުރިހަމަނުވާ އަދި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 32 މީހުންނެވެ.

ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާތަނަށް ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހު ކުރިއަށްދާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު