Wednesday, October 21
ޗާންދަނީމަގާއި ބޭރުމަގު ގުޅޭ ސަރަހައްދު ވަގުތީގޮތުން ދެކޮޅަށް ދުއްވޭގޮތް ހަދައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށާއި ދުއްވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޗާންދަނީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ބަދަލުކޮށްފިއެވެ.

ސިޓީ ކައުންސިލުން މި ބަދަލު ގެނެސްފައިވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށްދާ މަޝްރޫއުގެ ސަބަބުން މަގު ބަންދުކުރަން ޖެހުމާ ގުޅިގެންނެވެ. އެގޮތުން މިހާރު އަމަލީ މަސައްކަތް ކުރިއަށްދަނީ ރަސްމީ ފާލަމުން ފެށިގެން ކުރީގެ ނަސަންދުރާ ހުރި ސަރަހައްދާ ހަމައަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު