Thursday, October 22
ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ވަޒަންކުރައްވައިފި

އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ހާއްސަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ފާހަގަކުރި ގޮތުގައި، މި އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު