Thursday, October 22
މެޑަމް ސާޖިދާ ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯޅަ ޗެމްޕިއަންޝިޕް 2026 ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ބީއެމްއެލް ރާއްޖެ ޖޫނިއަރ ނެޓްބޯޅަ ޗެމްޕިއަންޝިޕް 2026 ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސޯޝަލް ސެންޓަރު ގެ އިންޑޯ ހޯލުގައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، މެޑަމް ސާޖިދާ ވަނީ މުބާރާތުގެ ރަސްމީ ނެޓްބޯޅައިގައި ސޮއިކުރައްވައި، މުބާރާތް ހުޅުވި މެޗުގައި ވާދަކުރި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. ހަތް މިނެޓުގެ ހަތަރު ކުއާޓަރަށް ބަހާލައިގެން ކުޅުނު މި މެޗު 3-23 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުރަވީ ސްކޫލުންނެވެ. މެޗަށްފަހު، އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކުއީން އޮފް ދަ މެޗް" ގެ މަގާމު ހޯދި ހުރަވީ ސްކޫލުގެ އާމިނަތު ތުގާއަށް އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާއެވެ.

މިއީ ރާއްޖޭގައި ނެޓްބޯޅަ ކުރިއެރުވުމަށްޓަކައި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ ކުރިން އިންޓަ-ސްކޫލް ނެޓްބޯލް ޓޯނަމަންޓް ގެ ނަމުގައި ބާއްވަމުން އައި މި މުބާރާތް މިއަހަރު ކުރިއަށްދަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެގޮތުން 15 އަހަރުން ދަށުގެ ކެޓަގަރީގައި 14 ޓީމު އަދި 17 އަހަރުން ދަށުގެ ކެޓަގަރީގައި 11 ޓީމު ވާދަކުރެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް, ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އާއި، ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކުޓިވް އޮފިސަރ  އަދި މެނޭޖިންގް ޑައިރެކްޓަރ އޮފް ބީއެމްއެލް މުޙައްމަދު ޝަރީފްގެ އިތުރުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު