Thursday, October 22
ޗިޕްސް ދަޅުތަކެއްގައި ފޮރުވައިގެން ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގަނެފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއި ވޭޕް ކުރާ ސާމާނުތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ އަތުލައިގަނެފައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި ޝިޕްމަންޓެއްގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން، ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި ބަލައި ފާސްކުރި ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާއިރު، ޤާނޫނާ ޚިލާފަށް މި ތަކެތި އެތެރެކުރަން އުޅުނު މައްސަލަ އެ އިދާރާއިން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރޭގައި ފޮރުވައިގެން މަނާ ތަކެއްޗާއި ގަވާއިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި، ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަހައްދުތަކުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު