Thursday, October 22
ބާޒާރުގައި ފިޔާގެ ދަތިކަމެއް ނެތް، އަންނަ ހަފްތާގައި ހޯލްސޭލްކޮށް ވިއްކާނެ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބާޒާރުގައި ފިޔާގެ ސްޓޮކް ހުސްނުވާ ކަމުގެ ޔަގީންކަން ދީ، އަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް ހާމަކޮށްފިއެވެ.

މާރުކޭޓުގައި ފިޔާ ލިބުން ދަތިވެ، އަގުތައް އިންތިހާއަށް އުފުލެމުންދާ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ފެންމަތިވަމުންދިޔަ ނަމަވެސް، އެސްޓީއޯއިން ބުނީ އެ ކުންފުނީގައި ފިޔާގެ ދަތިކަމެއް ނެތް ކަމަށެވެ. އަދި މިހާރުވެސް ކުރިން ވިއްކަމުން އައި ހެޔޮ އަގު ކަމަށްވާ ކިލޯއެއް 13 ރުފިޔާއަށް އެސްޓީއޯއިން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބާޒާރުގެ އަގުތައް ހިފެހެއްޓުމަށްޓަކައި އަންނަ ހަފްތާގައި ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފެށުމުގެ އިތުރުން، އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން ވެސް ފަސޭހަކަމާއެކު ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އެސްޓީއޯއިން ދަނީ ތައްޔާރުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު