Thursday, October 22
މާފުށީ ޖަލުގައި ބެގެޖް ސްކްރީނިންގ މެޝިނެއް ބަހައްޓައިފި

މާފުށީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަލަށް ބެހެއްޓި ބެގެޖް ސްކްރީނިންގ މެޝިން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން އިއްޔެ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ހަބަރު ވެބްސައިޓް ކަމުގައިވައި ޕްރިޒަން ސްޓޯރީއިން ހަމާކުރިގޮތުގައި މިއީ މާފުށީ ޖަލުގައި މިފަދަ މެޝިނެއް ބެހެއްޓި ފުރަތަމަ ފަހަރެވެ. މި މެޝިނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހަދިޔާކުރި މެޝިނެކެވެ.

މި މެޝިން އޮޕަރޭޓްކުރާނެ ގޮތުގެ އަސާސީ ތަމްރީނުތައް އެމްއޭސީއެލްއިން ފޯރުކޮށްދީފައިވާއިރު، ބެގެޖް ސްކްރީންކުރުމުގެ ޚާއްސަ ފަންނީ ތަމްރީނުތައް ކަރެކްޝަންސްގެ މުވައްޒަފުންނަށް ދީފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންނެވެ.

މި އާ ނިޒާމުގެ ދަށުން ޖަލަށް އަލަށް ގެނެވޭ ގައިދީންނާއި ބަންދު މީހުންގެ ސާމާނުގެ އިތުރުން، އާއިލާތަކުން ގައިދީންނަށް ފޮނުވާ ތަކެއްޗާއި، އާއިލީ އަދި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ހިފައިގެންދާ ހުރިހާ ތަކެތި ދެން ބަލައި ފާސްކުރާނީ މި މެޝިން މެދުވެރިކޮށް ސްކްރީން ކޮށްގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު