Thursday, October 22
ބީއެމްއެލް ޔޫއެސްޑީ ޑެބިޓް ކާޑު ޕްރޮމޯޝަން: 1,000 ޑޮލަރު ހޯދުމުގެ ފުރުސަތެއް!

ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް، އޮންލައިންކޮށް ބޭރު ފައިސާއިން ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ނިންމާލުމަށް ބޭންކް އޮފް މޯލްޑިވްސް  ގެ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އަލަށް ބީއެމްއެލް ޔޫއެސްޑީ ޑެބިޓް ކާޑަކަށް އެދި ހުށަހަޅައި، އެ ކާޑު ބޭނުންކޮށްގެން 100 ޔޫއެސް ޑޮލަރަށްވުރެ މަތިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް 1،000 ޔޫއެސް ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމާއި، އެކި އެޕްލިކޭޝަންތަކުގެ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމާއި، ދަތުރުފަތުރުގެ ކަންކަން ބުކްކުރުމުގެ އިތުރުން ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ވެސް މި ކާޑަކީ ނުހަނު ބޭނުންތެރި ކާޑެކެވެ. މި ކާޑުގެ އެހީގައި ކަސްޓަމަރުންގެ ޑޮލަރު އެކައުންޓުން ސީދާ ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ  30 ޖުލައި 2026 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު