Thursday, October 22
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފި
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާގައި ހުރި މީހަކު ސަސްޕެންޑުކޮށް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ، ޝަކީބް ޔޫސުފް (49 އަހަރު) އެވެ. އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާއިރު، އޭނާއާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ދަނީ ވަކިން ބަލަމުންނެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިނގާ މިންވަރު އިތުރުވަމުންދާއިރު، އެފަދަ ބައެއް ހާދިސާތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުނުކޮށް ހުންނާތީ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތައް އަބަދުވެސް އޮވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު