Thursday, October 22
ހުޅުމާލެ ގައި މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ރޭ ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، ރޭ 9:26 ހާއިރު ހިނގި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 2 ގެ ހިތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ކަހާލައިގެން ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު