Tuesday, October 27
ފެނަކައިގެ ޑީއެމްޑީ ތައުފީގު މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުން އާދަމް ތައުފީގު އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

އާދަމް ތައުފީގަކީ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މަގާމުން ވަކިކުރުމާ ގުޅިގެން، އާ އެމްޑީއަކު އައްޔަންކުރެވެންދެން ވަގުތީ ގޮތުން ފެނަކަ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާވެސް މެއެވެ.

ފެނަކައިގެ އިސްވެރިންގެ މެދުގައި ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އެ ކުންފުނީގެ އަނެއް ޑީއެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފް ވެސް ވަނީ މިދިޔަ މަހު އިސްތިއުފާ ދެއްވާފައެވެ. އާރިފް މަގާމުން ވަކިވެވަޑައިގަތީ ކުރީގެ އެމްޑީ ނަޖާހު މަގާމުން ވަކިކުރިތާ ޖެހިގެން އައި ދުވަހުއެވެ.

މަގާމުން އިސްތިއުފާ ދެއްވި އާދަމް ތައުފީގަކީ މީގެ ކުރިން ވެސް ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު