Thursday, November 5
މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު މިއަދު ވަނީ ބޮޑުކޮށްފައެވެ. އިއްޔެ މިފްކޯގެ ހުރިހާ ބަނދަރަކުން ކަޅުބިލަމަސް ކިލޯއެއް 17 ރުފިޔާއަށް ގަތް ނަމަވެސް، މިއަދު އެ ކުންފުނިން މަސް ގަނެފައިވަނީ ކިލޯއަކަށް 18.50 ރުފިޔާގެ މަގުންނެވެ.

މި ބަދަލާ ގުޅޭގޮތުން މިފްކޯގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ހަމައެކަނި މިއަދަށް އައި ބަދަލެއް ނޫން ކަމަށާއި، މި ދުވަސްވަރު މަސްވެރިކަން ދަށްވުމާ ގުޅިގެން މާދަމާ ވެސް މަސްވެރިކަމުގެ ހާލަތަށް ބަލައި އަގަށް ބަދަލު އަތުވެދާނެ ކަމަށެވެ. ނަމަވެސް، މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަޅުބިލަމަސް ގަންނަ އަގު މިއަދު ބޮޑުވި ނަމަވެސް، ރީނދޫ އުރަހަ ކަންނެލި ގަންނަ އަގަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިގޮތުން 10 އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.

ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިފްކޯއިން އަންނަނީ ކޮންމެ ދުވަހަކުވެސް އެ ކުންފުންޏަށް މަސް ގަންނަ އަގުތަކުގެ ތަފްސީލުތައް އާންމުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު