Thursday, October 22
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 1 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެނީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ އަދި ސުލޫކީ މައްސަލަ ބަލަމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު