އާދިއްތަ, November 8
ޑައިވަރުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާ ވަޒީރު އިޙްސާން ބައްދަލުކުރައްވައިފި

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންގެ ޓީމާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި މި ބައްދަލުވުމުގައި. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އަގުވަޒަންކޮށް، މަސައްކަތުގައި ދެއްކި ހިތްވަރަށް ސާބަސްދެއްވިއެވެ.

އަދި އާންމު ރައްޔިތުންނަށް ހިދުމަތްކުރުމާއި، ފުލުހުންގެ ގާނޫނީ ވާޖިބުއަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު