Saturday, October 31
ޑްރަގް އެންފޯސްމެންޓާއި މީރާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯރސްމެންޓުން އިސްނަގައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިންގް ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 12 އިން 16 އެޕްރީލްގެ ނިޔަލަށެވެ. ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އެޕްރީލް 19 ވަނަ ދުވަހުއެވެ. މި ތަމްރީނުގައި ބައިވެރިވެފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑް (ސީ.އައި.ސީ) ގެ އެކި ބަހާތަކުގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފައިނޭންޝަލް އެނަލިސްޓުން ހިމެނޭ ގޮތަށް ޖުމުލަ 30 ބައިވެރިންނެވެ.

މި ޕްރޮގްރާމަކީ ތަހުގީގު މަރުހަލާގައި މީރާގެ ފަރާތުން ފުލުހުންނަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި އެއްބާރުލުންތައް ދެނެގަނެ، މީރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުމަށް ހިންގި ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން އިންވެސްޓިގޭޓަރުންނާއި މީރާއާ ދެމެދު އޮތް ގުޅުން ބަދަހިވެ، ތަހުގީގާ ގުޅުން ހުރި ކަންކަމުގައި މީރާގެ އެހީ ހޯދޭނެ މަގު ފަހިވެގެން ގޮސްފައިވެއެވެ.

މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދީފައި ވަނީ މީރާގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ތަހުގީގާ ގުޅުން ހުރި މަސައްކަތްތަކާއި، ޓެކްސްއާ ގުޅުން ހުރި ރިކަވަރީ އަދި އެންފޯސްމެންޓްގެ ބައިތަކާއި، އޮޑިޓް، އޮބްޖެކްޝަން އަދި އޮފެންސްގެ މައުލޫމާތާއި، ރާއްޖޭގައި ނެގޭ އެކި ބާވަތުގެ ޓެކްސްގެ މައުލޫމާތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު