ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ އެއާލައިންގެ ވިއުގަ ގުޅާލައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، މި ޕާޓްނާޝިޕްގެ ދަށުން ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ބޮޑު ވިއުގަ މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަސިންޖަރުންނަށް، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
More routes. Better connections. Easier journeys. ✈️
Maldivian partners with SriLankan Airlines to deliver smoother, more refined journeys.
Learn more: https://t.co/uyeAuISaIf#maldivianaero pic.twitter.com/OPge7o8ggL
— MaldivianAero (@MaldivianAero) April 22, 2026
މީގެ އިތުރުން، ކޮލަމްބޯ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުފަތުރުގެ ހިދުމަތް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހި ފަސިންޖަރުންނަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އެގޮތުން، ކޮލަމްބޯ މެދުވެރިކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރުމުގައި މިހާރަށްވުރެ ބޮޑު ލުއިފަސޭހަކަމަކާއި އިތުރު އިހްތިޔާރުތަކެއް މޯލްޑިވިއަންގެ ފަސިންޖަރުންނަށް ލިބިގެންދާނެކަމަށް އެ އެއާލައިނުން ބުނެއެވެ.
މި ގުޅުމަކީ ދެ އެއާލައިންގެ މެދުގައި އޮތް ސަރަހައްދީ އެއްބާރުލުން ވަރުގަދަކޮށް، ދަތުރުވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.





