ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވަރކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ސިވިލް ސަރވިސް އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވަނީ 1 ނޮވެމްބަރު 2025 ގައެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ މި ފްރޭމްވަރކާ ގުޅިފައެވެ.
އެހެންކަމުން، މިހާރު ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްއެބަގެންދެއެވެ. މިގޮތުން، ޕޭ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ.
މިއާއިއެކު، ބާކީ ހުރި މުއައްސަސާތައް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ނިމޭނެއެވެ. މިގޮތުން، ބާކީ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ކުރިއަށްއެބަދެއެވެ.





