ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ފިޔޯރީ ކައުންސިލްގެ ރައީސްގެ ގޮނޑި 467 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުން ޕީއެންސީގެ ކެންޑިޑޭޓް، ޢަބްދުالله މުބާޙް ކާމިޔާބުކުރައްވައިފިއެވެ. މި ގޮނޑި އަށް ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް މުޙައްމަދު މުޚްތާރަށް ލިބުނީ އެންމެ 20 ވޯޓެވެ. ދެން މި ގޮނޑިއަށް ކުރިމަތިލީ އަމިއްލަ ގޮތުން ވާދަކުރި ފިޔޯރީ ކައުންސިލްގެ މިހާރުގެ ރައީސް ފައިޒަރު ރަޝީދެވެ.
މީގެ އިތުރުން، ފިޔޯރީ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިވެސް 344 ވޯޓާއެކު ކަމީޔާބުކުރީ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އާޤިސާ ޢަބްދުالله އެވެ. މި ގޮނޑިއަށް އެމްޑިޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ނުވިއެވެ. އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލެއްވި އާމިނަތު ޝަހީނާއަށް 280 ވޯޓު ލިބުނުއިރު، އާމިނަތު އިވީނާއަށް ލިބިވަޑައިގެންނެވީ 210 ވޯޓެވެ.
ފިޔޯރީ ކައުންސިލެކޭ އެއްފަދައިން ފިޔޯރީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައިވެސް ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެގޮތުން ފިޔޯރީ އ.ތ.މ ކޮމިޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ ވެސް ޕީއެންސީގެ ކެންޑިޑޭޓް މަރްޔަމް ޝިފާނާއެވެ. ޝިފާނާއަށް 525 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި އާމިނަތު ނަސްފާއަށް ލިބިވަޑައިގަތީ 268 ވޯޓެވެ.
މީގެ އިތުރުން ފިޔޯރީ އ.ތ.މ ކޮމިޓީގެ އިންތިޚާބުގައިވެސް 390 ވޯޓާއެކު ކުރިހޯއްދެވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޢާއިޝަތު ސާޖިދާއެވެ. އަދި 362 ވޯޓާއެކު ދެވަނައިގައި އޮތީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އާޝީ އަޝްރަފެވެ.
އެހެންކަމުން، ފިޔޯރީން މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ސިޔާސަތުތަކަށް އެ ރަށު ރައްޔިތުންގެ ކުރައްވާ އިތުބާރާއި ތާއީދު ހާމަކޮށް، އެމްޑީޕީއަށް ބޮޑު ތަނުން ނޫނެކޭ ބުނެފައެވެ.






