Saturday, November 14
ފެނަކަ މަހާސިންތާ 2025 ފަށައިފި

ފެނަކަ މަހާސިންތާ 2025 ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނީ މިއީ އެ ކުންފުނީގެ ބްރާންޗްތަކުގެ ސްޓޭޝަން މެނޭޖަރުންނަށް އަމާޒުކޮށްގެ،ް ފެނަކަ އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް ރިސާޗުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް ވަނީ ވާހަކަ ދައްކަވައިފައެވެ.

މީގެ އިތުރުން، މި މަހާސިންތާގައި ޕްރޮކިއުމަންޓްގެ އިޖުރާއަތްތަކާއި އުސޫލުތަކާ ގުޅޭގޮތުންނާއި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ޕަވަރ ޖެނެރޭޝަން، ޕަވަރ ޑިސްޓްރިބިއުޝަން އަދި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭގޮތުންވެސް ޑިޕާޓްމަންޓްތަކުން މަޝްވަރާކޮށްފައިވެއެވެ.

އަދި ފެނަކައިގެ މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، މަސައްކަތްތައް ހަލުވިކުރުމާ ގުޅޭގޮތުންނާއި، ކަރަންޓާއި ފެން ބިލުތައް ތައްޔާރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާއި، ބްރާންޗްތަކާ ގުޅިގެން ލޮޖިސްޓިކް މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއި، މާލީ މުޢާމަލާތްތަކުގައި ޢަމަލުކުރާ އިޖުރާއަތުތަކާއި، ކުންފުނީގެ އުސޫލުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ހިއްސާކޮށް، ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މި މަހާސިންތާގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކުންފުނީގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރުމާއި، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތަކަށް ފަސޭހަ މަގެއް ހޯދުމާއި، އައިޓީ ދާއިރާއާ ގުޅޭ މަސައްކަތްތައް ހަރުދަނާކުރުމާއި، މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ދާއިރާތައް ދެނެގަތުމާއި ތަމްރީނު ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން އަދި ލީގަލް ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތާއި ޚިޔާލު ބަދަލުކޮށްފައިވެއެވެ.

މި މަހާސިންތާގައި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ފެނަކައިގެ އެގްޒެކެޓިވް ކޮމިޓީއާއި މަހާސިންތާގެ ބައިވެރިން ގުޅިގެން ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު