Monday, November 2
ޕީކް ސީޒަނަށް ތައްޔާރުވުމަށް ރަށްތަކަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ފަށައިފި
ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި ސްޓޭލްކޯ އިން އަލަށް ގެނައި ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ. '' މި މަސައްކަތުގެ ސަބަބުން މި ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ'' ސްޓެލްކޯ އިން މައުލޫމާތުދެއެވެ. ސްޓެލްކޯ އިން ވަނީ ވިލިލާމޭގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު