Monday, November 2
ދެ ދުވަސްތެރޭ ހުޅުމާލެއިން 50 ސައިކަލް ޓޯވ ކޮށްފި

ދެ ދުވަސްތެރޭ ހުޅުމާލެއިން 50 ސައިކަލް ޓޯވ ކޮށްފިއެވެ. ޕާކްކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ޒޯންތަކުގައި ޕާކްކުރުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ އެދެމުންނެވެ.

ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ފާއިތުވި 48 ގަޑިއިރުގެ ތަފާސް ހިސާބު ފުލުހުން ވަނީ އާއްމުކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.

އަދި ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ޒޯންތަކުގައި ޕާކްކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު