Monday, November 2
ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ ނިމިއްޖެ

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހުގެ ތެރޭގަ އެވެ.

ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައި، ފުނަދޫ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ  ޖެނުއަރީ 26، 2023 ގައެވެ.

މިއީ ދައުލަތުގެ ބަޖެޓުން 18.56 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު