އެންމެ ގިނަ އަދަދަކަށް ތެރަޕީ ނަގާފަވަނީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ. އެގޮތުން މި އުމުރުފުރާގެ 221 ކުދިންނަށް އެކި ކަހަލަ ތެރަޕީތައް ދީފަވާއިރު، އެއީ 156 ފިރިހެން ކުދިންނާއި 65 އަންހެން ކުދިންނެވެ. އުމުރުން 18-64 އަހަރާ ދެމެދުގެ 10 މީހަކަށް ތެރަޕީ ނެގުމަށް ވަނީ އެހީތެރިކަން ދީފައެވެ.ޑިސެންބަރު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ކުރެވިފައިވާ ގޮތުގެ ތަފްސީލް. (ތެރަޕީގެ ބާވަތުން) ޑިސެންބަރު 2025 pic.twitter.com/2VKHS84riC
— NSPA (@NSPAmaldives) January 18, 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖުމުލަ 7.6 މިލިޔަން ރުފިޔާ އެންސްޕާއިން ޚަރަދުކޮށްފަވެއެވެ. ވަކިވަކި ތަރްޕީތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ޑިސެމްބަރު މަހު ކޮށްފަވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢުއެއް ސަރުކާރުން ވަނީ ފަށާފައެވެ. ފުޅާކުރަމުންނެވެ.ޑިސެންބަރު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ހަމަޖައްސާ ދެވިފައިވާ ގޮތުގް ތަފްސީލް (އުމުރުފުރައިން) ޑިސެންބަރު 2025 pic.twitter.com/TsPeD2b0Bf
— NSPA (@NSPAmaldives) January 18, 2026






