Thursday, November 5
ރައްޔިތުންގެ ބައްދަލުވުމުގައި މީހަކު އެދިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

އައްޑޫ މީދޫގައި އަމަލީ މަސައްކަތް ފަށާފައިވާ ބައެއް މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބު އޮޅުންފިލުވުމަށްޓަކައި، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ. މެންބަރު ވިދާޅުވި ގޮތުގައި މިއީ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން، ރައްޔިތުންގެ ފަރާތުން މިނިސްޓަރާ ކުރެއްވުމަށް އެދުނު ސުވާލުތަކެކެވެ.

މެންބަރު އަބްދުއްރަހުމާން ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި، މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުތަކާއި ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ވަޑައިގެން ފެއްޓެވި މަޝްރޫއުތައް ނުހިނގާ އޮތް މައްސަލަ ހިމެނެއެވެ. މި މަޝްރޫއުތައް ކުރިއަށް ނުދަނީ ކޮން ސަބަބަކާ ހުރެތޯ ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، އެ ޕްރޮޖެކްޓްތައް ނުހިނގަނީ އެ ސިޓީގެ ކައުންސިލުން ނުވަތަ ދާއިރާގެ މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ ވެސް މިނިސްޓަރާ ސުވާލުކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި މަޝްރޫއުތައް އަލުން ފަށައިގަނެވޭނީ ކައުންސިލާއި މެންބަރުންގެ ފަރާތުން ކޮން ކަމެއް ކޮށްދީގެންތޯ ވެސް އޮޅުންފިލުވުމަށް އަބްދުއްރަހުމާން ވަނީ އެދިވަޑައިގެންފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު