Thursday, October 29
އެމިލީ އިން ޕެރިސް: ސީޒަން 6 އިއުލާންކޮށްފި

ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް އެމިލީ އިން ޕެރިސްގެ ހަވަނަ ސީޒަނެއް އުފައްދާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

މިކަން އިއުލާންކުރީ ޖެނުއަރީ 5، 2026 ގައެވެ.

ނެޓްފްލިކްސް އިން މި ސީޒަން އިއުލާންކުރީ މި ސީރީޒްގެ ފަސްވަނަ ސީޒަން ދެއްކިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މިކަން އިއުލާންކުރީ ސީރީޒްގެ ތަރި ލިލީ ކޮލިންސް 6 ޖަހާފައިވާ އުއްބައްތިއެއް ފުމެލާ ވީޑިއޯއަކާއެކުގައެވެ.

ހަވަނަ ސީޒަނެއް އުފެއްދުމަށް ނިންމީ ފަސްވަނަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބުގެ ސަބަބުންނެވެ. ފަސްވަނަ ސީޒަން ރިލީޒްކުރިތާ ފުރަތަމަ 11 ދުވަހުގެ ތެރޭގައި 26.8 މިލިއަން މީހުން ބަލާފައިވެއެވެ.

ހަވަނަ ސީޒަން ދައްކަން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރi ނަމަވެސް ބެލެވޭ ގޮތުގައި 2026 ވަނަ އަހަރުގެ ފަހުކޮޅު މި ސީޒަން ފެންނާނެއެވެ.

ފަސްވަނަ ސީޒަން ނިމުނު ގޮތުން ބެލެވޭ ގޮތުގައި ހަވަނަ ސީޒަންގައި އެމިލީގެ ދަތުރު ގްރީސްއަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. މި ސީޒަންގައިވެސް ލިލީ ކޮލިންސްގެ އިތުރުން ކުރީގެ ސީޒަންތަކުން ފެނުނު މުހިންމު ތަރިން ފެންނާނެއެވެ.

މި ސީޒަނަކީވެސް ކުރީގެ ސީޒަންތަކެކޭ އެއްގޮތަށް ފެޝަނާއި، ލޯތްބާއި، އަދި މަޖާ ކަންތައްތަކެއް ފެނިގެންދާނެ ސީޒަނެއް ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު