ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޑިސެމްބަރު މަހުއެވެ. އެގޮތުން އެމަހު އެކަނިވެސް ރާއްޖެއަށް 224,455 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.2025 a landmark year for Maldives tourism, with one of the strongest performances in its history. pic.twitter.com/kP0QpbqOME
— Ministry of Tourism and Environment (@MoTmv) January 5, 2026

ނިމިދިޔަ 2025ވަނަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް މުޅި ޖުމްލަ 2,246,516 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ 2024ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2,046,615 ފަތުރުވެރިންނާ އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ.
މި ލިޔުން ކިޔާލުމުން





