Thursday, November 5
ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. ނަމަވެސް އެއީ ކާކުކަން ނުވަތަ އެ މީހާ މަރުވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާއާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު