އާދިއްތަ, November 1
ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ކުޑަކުދިންގެ ޚިދުމަތްތައް ފަށައިފި

މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ޚިދުމަތްތައް ފަށައިފިއެވެ.

މި ކްލިނިކުން ކުޑަކުދިންގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިޓަމިން އޭ އަދި ފަނި ބޭސް ދިނުމުގެ ޚިދުމަތް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ލިބޭނެއެވެ. އަދި ކުދިންގެ ހެދިބޮޑުވުން ބެލުމަށްޓަކައި ކުރިއަށްގެންދާ ގްރޯތު މޮނިޓަރިންގ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ލިބޭނެއެވެ. ކުޑަކުދިންގެ ވެކްސިން ދިނުމުގެ އިންތިޒާމުތައްވެސް މި ސެންޓަރުގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޗައިލްޑް ވެކްސިނޭޝަން ޚިދުމަތް އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 08:30 އިން ހަވީރު 15:30 އަށް ދިނުމަށް ހަމަޖެހިފައިވާއިރު، ހޯމަ އަދި ބުރާސްފަތި ދުވަހު މި ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ. މީގެ އިތުރުން، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާން ދިނުމާ ގުޅޭ އިންފޭންޓް އެންޑް ޔަންގް ޗައިލްޑް ފީޑިން ކައުންސެލިންގވެސް މި ސެންޓަރުން ލިބޭނެ އިންތިޒާމުތައް ހަަމަޖެހިފައިވާއިރު، އެޕޮއިންމެންޓް ހައްދައިގެން ދަތުރުތައް ކުރައްވާ ފަރާތްތަކަށް ވެކްސިން ޖަހާދިނުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުގެ ހުޅުވައިފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު