ދިވެހީންގެ ނެތެމުންދާ ސަޤާފީ މަސައްކަތްތަކުގެ 8 ދާއިރާތަކުން ފަންނީ މަސައްކަތްތެރީން ތަމްރީނުކުރުމަށް ބޭނުންވާ ސްޓޭންޑަރޑްތަކާއި ޓްރެއިނިންގ މެޓީރިއަލްތައް ތައްޔާރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމް.އައި.ޓީ) ކޮލެޖާއި ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން ؛ ފަނާއި ރުކުފަތި އަދި ސަޓާއިން ތަކެތި ވިޔު މާ، ތުނޑުކުނާ ވިޔުން، މާވަޑިކަން، ތިލޭރުކަން، ލިޔެލާޖެހުން، ސާންތިވިޔުން، ފޭލިވިޔުމުގެ އިތުރުން ކަސަބުގެތުމުގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓަންސީ ސްޓޭންޑަރޑްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުމަށް ބޭނުންވާ ޓްރެއިނިން ޕެކޭޖް (ކަރިކިޔުލަމް، ލޮގް ފޮތް، އެސެސްމެންޓް ރިސޯސް ފޮތް، އަދި ލާނިންގ މެޓީރިއަލް) ތައްޔާރުކުރެވޭނެއެވެ.
MNSDA and MIT signed agreements to develop 8 traditional skills standards: Fanaai rukufathi, Thundhukuna, Maavadhiya, Thileyrukan, Liyela jehun, Saanthiviyun, Feyliviyun & Kasabugethun.
This fulfills a pledge by President Dr. Mohamed Muiz and strengthens our cultural heritage. pic.twitter.com/l46igC91hB— Maldives National Skills Development Authority (@MNSDAmv) December 8, 2025
މިއެއްބަސްވުންތަކުގައި އެމް.އެން.އެސް.ޑީ.އޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝަކީބާ ޢަލީއެވެ. އެމް.އައި.ޓީ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޑިރެކްޓްރ އޮފް ޕްރޮގްރާމްސް އަލްފާޟިލް އާދަމް ޙަލީމެވެ.
މި ރަސްމިއްޔާތުގައި އެމްއެންއެސްޑީއޭގެ ސީ.އީ.އޯ ޑރ. ޒަހުރާ މުޙައްމަދާއި އިސްވެރިންގެ އިތުރުން އެމް.އައި.ޓީ ކޮލެޖުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ފަންނީ މަސައްކަތްތެރި ކަމުގެ ދާއިރާތަކުން މި އުފެއްދޭ އާ ޕޮރޮގުރާމުތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން މުހިންމު ވަޢުދުފުޅުތަކެއް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެއެވެ. ހަމަ އެއާއެކު ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (ޤާނޫނު ނަންބަރު:7/2021) ގެ ދަށުން، އެމް.އެން.އެސް.ޑީ.އޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގެ ސަރަޙައްދުތަކާއި ރަށްރަށުގައި އާލާވެފައިވާ މަސައްކަތްތެރިކަމާއި، ނެތެމުންދާ ސަގާފަތާއި ފަންނުތައް ދިރުވައި އާލާކުރުމަށްޓަކައި އެ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ބޭނުންވާ މިންވަރާއި ފެންވަރު ކަނޑައެޅިގެން ދާނެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ފުރުޞަތަކަށްވެގެން ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެން.ޓީ.ޓީ.ސީ) ގެ ފުރުޞަތެވެ. އެން.ޓީ.ޓީ.ސީ ޕްރޮގްރާމްގެ ދަށުން، ވަކިވަކި މަސައްކަތްތަކަށް ޚާއްޞަ ހުނަރުތައް ހުރި ފަރާތްތަކަށް ރަސްމީ ތައުލީމީ ނިޒާމަށް ވަދެވި މިދާއިރާތަކުން ސަނަދު ޙާސިލް ކުރެވޭނެ މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން، ދިވެހީންގެ ޤަދީމީ ސަޤާފީ ހުނަރުތައް ދިރުވައި އާލާކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ދިވެހި ސަގާފަތުގެ މުއްސަނދިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އިތުރުން، މި ދާއިރާތަކުން އުފެދޭ ޒުވާން މަސައްކަތްތެރީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ޤައުމީ އިޤްތިޞާދަށްވެސް ފައިދާ ކުރާނެއެވެ. މިއީ ދިވެހިރާއްޖޭގެ މުއްސަނދި ތަރިކަ ރައްކާތެރިކޮށް، ހުނަރުވެރި ދިވެހި ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.





