Monday, November 2
ދަންވަރު ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރާ ބިދޭސީންނަށް ފިޔަވަޅުއަޅަނީ

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުއްވުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިރުޝާދުދެއްވިކަން ހާމަކުރެއްވީ މީސްމީޑިއާގެ އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ، އެ ފިޔަވަޅުއެޅުއްވުމަށް މިރެއިން ފެށިގެން މަސައްކަތް ފެއްޓެވުމަށް ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކަށް އިރުޝާދުދެއްވާފައިވާކަން އެމަނިކުފާނުގެ ޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު