ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ 183 މަޝްރޫޢެއް ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން އާންމުކުރި މަޢުލޫމާތުން ދައްކާ ގޮތުގައި ސަރުކާރުން ވަނީ 93 ރަށެއްގައި 183 މަޝްރޫޢު ހިންގުމަށް އެ ކުންފުންޞާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ކުޑަކދުިންގެ ޕާކާއި، ސްކޫލް އިމާރާތާއި، މަލްޓި ޕަރޕަސް ހޯލާއި، ޕޮލިސް ސްޓޭޝަނާއި، މިސްކިތާއި، ޤުރުއާނާ ބެހޭ މަރުކަޒާއި، ކަސްރަތުކުރާ ޖިމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރު އަދި ފުޓުބޯޅަ ދަނޑު ފަދަ ތަންތަން ހިމެނެއެވެ.
ފެނަކައިން ހާމަކުރި ގޮތުގައި އެ ކުންފުންޏާ ހަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން 41 މަޝްރޫޢެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، 155 މަޝްރޫޢެއް ފެށުމަށް ބޭނުންވާ ތަކެތި މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ.
އަދި 62 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ވަނީ ފެށިފައެވެ.






