Thursday, November 5
ރައީސް ވަހީދު އެޕްސްޓީން އާއެކު ގާތް ގުޅުމެއް

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑު ރިންގެއް ހިންގިކަމުގެ ތުހުމަތުކުރެވޭ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބާއްވައި، އޭނާއާ ބައްދަލުކުރުމަށް ރާވާފައިވާކަން ހާމަވެއްޖެއެވެ. މި މައުލޫމާތުތައް ހާމަވެފައިވަނީ އެމެރިކާގެ ކޮންގްރެސްގެ ފަރާތުން އަލަށް އާންމުކުރި ފައިލްތަކެއްގެ ތެރެއިންނެވެ.

އެމެރިކާ ކޮންގްރެސްގެ ހައުސް އިންސައިޓް ކޮމިޓީން އަލަށް އާންމުކުރި 20،000 އަށް ވުރެ ގިނަ ފައިލްތަކުގެ ތެރޭގައި، ރައީސް ވަހީދާއި އެޕްސްޓީންއާ ދެމެދު ބަދަލުކުރެވިފައިވާ އީމެއިލްތަކެއް ހިމެނެއެވެ. މި މުއާމަލާތްތަކުން ދައްކާ ގޮތުގައި ގާތް ގުޅުމެއް އެޕްސްޓީން އާއެކު އޮތްކަން ވަނީ ސާފުވެފައެވެ. އެޕްސްޓީންއަށް ފޮނުއްވި އެއް މެއިލްގައި، ރައީސް ވަހީދު ވަނީ އދ. ގެ 67 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސެއިން އެމެރިކާއަށް ކުރެއްވި ދަތުރުގެ ޝެޑިއުލް ހިއްސާކުރައްވާފައެވެ.

މި ދަތުރު ކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 އިން 29 އަށެވެ. ހަ ސަފުހާގެ އެ ޝެޑިއުލްގައި ދަތުރުގެ ހުރިހާ ކަމެއް ތަފްސީލުކޮށް ހިމަނާފައިވެއެވެ. މި ޝެޑިއުލްއިން އެންމެ ފާހަގަކުރެވުނު ކަމަކީ އެޕްސްޓީންއާއެކު ރާވާފައިވާ ކެއުމުގެ ބައްދަލުވުމެވެ. ރައީސް ވަހީދު އެޕްސްޓީންއަށް ދަތުރުގެ ޝެޑިއުލް ހިއްސާކުރެއްވީވެސް މި ބައްދަލުވުމުގެ ސަބަބުން ކަމަށް ގަބޫލުކުރެވެއެވެ.

ޝެޑިއުލްގައިވާ ގޮތުން، ސެޕްޓެމްބަރު 22 ގެ ރޭ އެމެރިކާ ގަޑިން 8:00 އިން 10:30 އަށް، އެޕްސްޓީންއާއެކު ޕްރައިވެޓް ޑިނާއެއް ނުވަތަ ރޭގަނޑުގެ ކެއުމެއް ވަނީ ރާވައިފައެވެ. ދެ ގަޑިއިރާއި ބައިގެ މި އިވެންޓު ބާއްވާފައިވާ ތަނެއް ޝެޑިއުލްގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު