Thursday, November 5
އެޗްޑީސީ މުވައްޒަފުންގެ ފްލެޓުތައް ހަވާލުކުރަން ފަށައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ "ރީތިގަސް" ފްލެޓުތައް ލިބުނު ފަރާތްތަކާ އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ރޭ ފަށައިފިއެވެ. މިއީ އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 2017 ވަނަ އަހަރު ފެށި ބޮޑު މަޝްރޫއެކެވެ.

ފްލެޓުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވަނީ ރީތިގަސް މަގުގަ އެވެ. މި ރަސްމިއްޔާތުގައި ބައެއް މުވައްޒަފުންނާ އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ޖުމްލަ ހަ ޓަވަރެއްގައި 459 އެޕާޓްމަންޓް ވަނީ ހަދާފަ އެވެ. އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށެވެ.

މިރޭ ހަވާލުކުރަން ފެށީ ޓަވަރު A އާއި ޓަވަރު B ގައި ހިމެނޭ 153 އެޕާޓްމަންޓުގެ ތަޅުދަނޑިތަކެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ.

މުވައްޒަފުންނަށް ހާއްސަ މި ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ކޮންމެ ޓަވަރެއްގައި ދެ ލިފްޓާއި، ކޮމަން އޭރިއާ، ސެކިއުރިޓީ ރޫމް އަދި ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ. ޕާކިންގެ ގޮތުން 54 ކާރު ޕާކިން ސްލޮޓާއި 782 ސައިކަލް ޕާކިން ސްލޮޓް ވަނީ ހާއްސަ ކުރެވިފަ އެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު