Saturday, November 14
ކާށިދޫ ފަރަށް އެރި ބޯޓަކުން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކާށިދޫ ފަރަށް އެރި ބޯޓަކުން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ކ. ކާށިދޫގައި ދުއްވާ "ފައިސަލާ" ބޯތު، އެ ރަށު ދެކުނު ފަރާތު ފަރަށް އަރާފައިވާ ކަމުގެ މަޢުލޫމާތު ނޮވެންބަރު 11 ވަނަ ދުވަހުގެ 19:52 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެ ބޯޓުން ދަތުރުކުރި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ބޯޓުގައި އެ ވަގުތު ތިބީ ޖުމުލަ 11 ފިރިހެނުންނެވެ. އެއީ ފަސް ދިވެހީންނާއި ހަ ބިދޭސީންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހައި ފަރާތްތަކުން ސަމާލުވުމަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު