Saturday, November 14
އައްޑޫ ސިޓީ ހިތަދޫ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ބަލަނީ

އައްޑޫ ސިޓީ ހިތަދޫ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހިތަދޫގެ މިސްކިތެއްގައި ހުރި ބައެއް ތަކެއްޗަށާއި، މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ނޮވެންބަރު 10 ވަނަ ދުވަހުގެ 17:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަޙުޤީޤުކުރަމުންދާއިރު، މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުން ދީފައިވަނީ އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް ޢުމަރުލް ފާރޫޤަށެވެ. މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި މިސްކިތުގައި ހުރި ގޮނޑިތައް އުކާލައި ފަންކާވެސް ވަނީ ހަލާކުކޮށްލައިފައެވެ. އަދި މިސްކިތުގެ ކަރަންޓު ބޯޑަށް ގެއްލުން ދީފައިވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު