Saturday, November 14
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 2، ނިކަގަސްމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިގޮތުން މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާޢީލް ރަޔާން ބިން ނާޒިމް (19 އ) އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ނިކަގަސްމަގުން ވަންވޭ އާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު