Saturday, November 14
ގަލޮޅު ކަންމަތި ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

ގަލޮޅު ކަންމަތި ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިގޮތުން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 21:52 ހާއިރު ކަމަށެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ސިފައިން އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު